ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރިން ބުނީ، މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 7:34 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަދި އެމީހުން މިހާރު ވަނީ މާލެއަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފަހުން ބުނީ ޖުމްލަ 12 މީހަކަށް އަނިޔާވެފައި ވާ ކަމަށެވެ.

12 މީހުންނަށް އަނިޔާ ދދީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވީ ނަމަވެސް މިއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބވޭ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވާ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަކީ އއ. މަތިވެރި އަދި އުކުޅަހަށް ފެރީގެ ހިދުމަތް ދެމުން އަންނަ ލޯންޗެއްކެވެ. އަދި ދެވަނަ ލޯންޗަކީ ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފް ފެރީއެވެ.

މި އެކްސިޑެންޓަގައި ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފުންނާއެކު ދަތުރުކުރާ ލޯންޗަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފައެވެ. އެގޮތުން ލޯންޗުގެ އަރިމަތިން ބައެއް ހަލާކުވެ، އެ ދިމާލުގައި ހުރި ދެ ކުޑަދޮރު ވެސް ވަނީ ހަލާކުވެފައެވެ.