އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ ތެރެއިން މިހާތަނަށް 8 ނަސީބުވެރިއަކު ހޮވާފައިވާކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ އިން ބުނީ 23 ސެޕްޓެމްބަރުގައި އުރީދޫ އިން ފެށި މި ހާއްސަ ޕްރޮމޯ މި އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި މި ޕްރޮމޯގެ ދަށުން ޖުމުލަ 30 ސައިކަލު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އުރީދޫ އިން މި ޕްރޮމޯޝަންގެ ދަށުން ދޫކުރާ ސައިކަލު ތަކަކީ:

  • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

  • އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)

  • ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.