ސިއްހީ މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެއާޕޯޓް ލަގޭޖް އުފުލާ ވެހިކަލެއް އޭނާ ދުއްވާފައި ދަނިކޮށް އޭޕްރަން ސަރަހައްދުގައި ލައިޓް އަދި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗާއެއްގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށެވެ. އަދި ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަކަމަށާއި އަދި މިހާރު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން ވެސް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ މަރުވި ކަމަށް ލަފާކުރެވެނީ ސިއްހީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.