އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ ޖެނީވާއަށް ވަޑައިގެންފިއެވެ.

އައިޕީޔޫގެ އެސެމްބްލީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރަކު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުން:

  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  • ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް
  • ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
  • ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

އައިޕީޔޫ 149 ވަނަ އެސެމްބްލީގެ މައުޟޫއަކީ ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ.