އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރި އަކަށް އަހްމަދު ނިހުޔާން ހޮވިއްޖެއެވެ.
ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ސައިކަލު ދިނުމަށް ހަމަޖެހިފައިވާ އިރު، މިއަދު މި ވަނީ 3 ވަނަ ނަސީބުވެރި ފަރާތް ހޮވައި އެ ފަރާތަށް ސައިކަލު ހަވާލުކޮށްފައެވެ. އެގޮތުން މިއަގު ނިހުޔާން އަށް ހަވާލުކޮށްފައި ވަނީ އެއާބްލޭޑް 125ގެ ރަތާއި ކަޅު ކުލައިގެ ސައިކަލެކެވެ.
އުރީދޫން ބުނީ، ޑިސެމްބަރު މަހުގެ ނިޔަލާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަދި ބާކީ 27 ސައިކަލު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ މަހުގެ26 ވަނަ ދުވަހު މި ޕްރޮމޯޝަންގެ ފުރަތަަމަ ނަސީބުވެރިޔާ ހޮވާފައިވާ އިރު،އޭނާއަށް ދީފައި ވަނީ އެއާބްލޭޑް 125ގެ ރަތާއި ކަޅު ކުލައިގެ ސައިކަލެވެ. އަދި މި މަހުގެ 1 ވަނަ ދުވަހު ދެވަނަ ނަސީބުވެރިޔާ ހޮވައި، އާދަމް ޝަމްއޫނަށް ވަނީ އެއާބްލޭޑްގެ 160 ގެ ސައިކަލެއް ދީފައެވެ.
އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި ތިން ޕީސީ އެކްސް ދިނުމަށް ހަމަޖެހިފައި ވެއެވެ. މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.