އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އިބްރާހިމް ޖައުހަރީ (ޖައުފަރު) 62އ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް، ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު 5:06 ހާއިރު، އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބުމާ އެކު، އެ ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. އަދި އައިޖީއެމްއެޗަށް އެ މީހާ ވަނީ ގެންގޮސްފައެވެ.

މި ކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި އެމްޑީޕީގެ އިސްލާހީ ހަރަކާތް ފެށިގެން އައިއިރު ޖައުފަރަކީ ފާހަގަ ކޮށްލެވޭ ފޮޓޯގްރާފަރެކެވެ.