ފޯނު ކަނޑާލުމަށްފަހު ގޮނޑިން ތެދުވެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ދާން މަންޝާ ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ މަންޝާގެ ފޮތްތައް ބަހައްޓާފަ ހުންނަ ކަނުގައި ފޮތްތައް ބަރިއަކަށް ބަހައްޓާލިއެވެ. ހެދުން ބަދަލުކުރަން ގައިން ހެދުން ވަކި ކޮށްލުމުން އަނެއްކާވެސް ގައިގާހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން ފެނުމުން މަންޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ.

"މީ ކޮން ކަންތައް ގަނޑެއްބާ؟... ގައިމު އަހަރެންގެ ނިޔަފަތިވެސް ކަނޑާފަ ހުންނާނީ.... ދެން މީކޮން ވަކިތަކެއް؟...." ހިތާހިތުން އެތައް ސުވާލުތަކެއް ކުރަމުން ދިޔައީ އެކަމަކީ މަންޝާއަށް ނޭނގި ހިނގާފައިވާ ކަމަކަށް ވާތީއެވެ. އެކަމުގެ ހަޤީގަތް ބަލަން ބޭނުންވިއެވެ.

ނިދަންލާ ޓީޝާޓާ ހަރުވާޅު ލުމަށްފަހު ތަޅުންމަތީގައި އަޅާފައިވާ ގޮދަޑީގައި މަންޝާ އޮށޯވެލަމުން ބެޑްޝީޓާއި ބާލީސް ރަނގަޅު ކޮށްލިއެވެ. ފޯނުން އަޒީމްގެ ނަންބަރަށް ލޯބީގެ ގުޑްނައިޓް މެސެޖެއް ފޮނުވާލުމަށްފަހު ބާލީހުގައި ބައްދާލައިގެން ނިދޭތޯ ލޯ މަރާލިއެވެ. އެހެން ރޭރޭ ނިދޭހާ ފަސޭހައިން މަންޝާއަށް ނިދޭ ގޮތެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުގައި ފަހަކަށް އައިސް ފާހަގަ ވަމުން އައި ނިޝާންތަކުގެ ސަބަބުން ފެންމަތިވަމުން އައި ސުވާލުތަކަށް ޖަވާބެއް ނުހޯދޭތީ އެކަމާ މަންޝާ ވަރަށް ކަންބޮޑު ވިއެވެ. ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އެހެން އޮއްވާ މަންޝާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ.

ގަދަ ނިދީގައި އޮއްވާ މަންޝާއަށް އޭނާގެ ހަށިގަނޑުގައި މީހަކު ބީހޭހެން ހީވުމުން ދެލޯ ހުޅުވާ ތަންމިނަށް ލޯ ބޮޑުކޮށްލެވުނެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. މަންޝާއަށް ތެޅި ގަނެވުނީ އޭނާގެ ހަށިގަނޑުން ބައެއް ފޭރާންތައް މަދު ހެން ހީވުމުންނެވެ. ނަމަވެސް މަންޝާއަށް ކަމެއް ނުކުރެވުނީ އެމީހަކު ހުށިޔާރު ކަމާއި އެކީ މަންޝާގެ ގައި މައްޗަށް ވެއްޓިގަތުމުންނެވެ.

މަންޝާ ލައިގެން އޮތް ޓީޝާޓް ވަނީ ކަރުދަށާ ހަމައަށް މައްޗަށް އަރާފައެވެ. ހަރުވާޅު ވަނީ ކަކުލާ ހަމައަށް ތިރިކޮށްފައެވެ. އަޑަށް ލެވުނުހާ ބާރެއްލާ މަންޝާ ހަޅޭއްލަވައިގަތީ އެވަނީ ކިހާވަރެއްގެ ކަމެއްކަން ނަގައިގަނެވުމުންނެވެ.

ހަޅޭކުގެ އަޑު ބޭރުވުމުން އެމީހާގެ ބޮޑު އަތްތިލައިން މަންޝާގެ އަނގަމަތީގައި އަތް އެޅިއެވެ. މަންޝާގެ އަޑު މަޑުވުމުން އަނގަމަތިން އެމީހާގެ އަތް ނަގާ މަންޝާގެ މޫނުމަތީ ހޫނު އެތިފަހަރެއް ޖެހިއެވެ.

ވީ ތަދުން މަންޝާއަށް ރޮއިގަނެވުނެވެ. "އައްދޯތް..."

މަންޝާގެ މޫނާ އެމޫނު ގާތްކޮށްލި އިރު މަންޝާއަށް އެއީ ކާކުކަން ވަކިކުރަން އެނގުނެވެ. އެވީ ވަގުތުކޮޅު ތެރޭގައި ކޮޓަރީގައިވާ ކަނު އަނދިރިކަމަށް މަންޝާގެ ލޯ ހޭނިގެން ދިޔައެވެ. މަންްޝާގެ ހަށިގަަނޑުގައި ބީހެމުންދިޔަ މީހާ އެނގުމުން މަންޝާ ހުރީ އާގަމަ ކަައިފައެވެ. އެ ލިބުނު ހައިރާންކަމުން މަންޝާގެ ދުލުން ބަހެއް ބޭރެއް ނުވިއެވެ. ސިންގާއެއްހެން މަންޝާގެ ގައި މައްޗަށް އަރާ އިށީނދެގެން އޭނާ ބަލަހައްޓައިގެން އިނީ ރުޅިވެރި ގޮތަކަށެވެ.

"ރޯގާ ޖެހިގެން ކާން ގެނެސްދިން ބޭސްތައް މިރޭ ނުކަންދޯ... ދެން ކިހިނެއް ތިވަރުން ރޯގާ ރަނގަޅުވާނީ..... ކަމެއް ކުރާށޭ ބުންޏަސް ބުނާ ގޮތަށް އެއް ކަމެއްވެސް ނުކުރާތި؟..."

ހަސަންބެ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން މަންޝާ އޭނާ ލައިގެން އޮތް ޓީޝާޓް ތިރިކޮށްލިއެވެ. މަންޝާގެ ހަަށިގަނޑުގައި ކުރެހިފައިވާ ވަކިތަކަކީ ކިހިނެއް އައި ވަކިތަކެއްކަން މަންޝާއަށް ޔަގީންވެއްޖެއެވެ. ނަމަވެސް އެފަދަ ކަމެއް ހަސަންބެ ކޮށްފާނެ ކަމަކަށް މަންޝާ ދުވަހެއްގެ ކޮޅުން ވެސް ހިތަކަށް ނާރައެވެ. ރޯގާ ޖެހުމުން ހަސަންބެ ގެނެސްދިން ބޭސްތަކަކީ ކޮންމެ ރެއަކު ނިދުމުގެ ކުރިން ކާން ހުރި ބޭސްތަކެވެ. އެ ބޭސްތައް ކެއުމުން ވާނުވާ ނޭނގޭހާ މަންޝާގެ ނިދި ގަދަވެގެން ދިޔުމުން ހަސަންބެ އެވަގުތުގެ ނާޖާއިޒް ފައިދާ ނަގަނީއެވެ.

ހަސަންބެގެ އަތުން އަނެއްކާވެސް މަންޝާގެ ގައިގައި ފިރުމަމުން ކަރުދޮށަށް ގުދުވާން މަސައްކަތް ކުރަމުން ދިޔައެވެ. ގަބު އަރާފައިވާ މަންޝާގެ އަތަށް ގެނައި ކުއްލި ހަރާކާތާ އެކީ ހަސަންބެ މޭ މަތީގައި އަތް އަޅާ ދުރަށް ޖައްސާލެވުނެވެ.

"މައިތިރިވެގެން އޮވޭ... އެހެންނޫނީ ކަލޭ މަންމައަށް ވުރެއް ބޮޑަށް ކަލޭ ބަދުނާމު ކޮށްލާނަން... އެހެންނޫނީ މުނީރާ އަންނަންވާ އިރަށް ކަލެއަށް ޖެހޭނީ މިގެއިން ނިކުމެގެން ދާން... ހިމޭނުން އޮވޭ... ކަލޭ މިގެއަށް ގެނައީ އަހަރެމެން ބޭނުންވާ ކަންކަން ކޮށްދޭ ގޮތަށް އެއްބަސްވެގެން... ފައިސާ ފޮއްޗެއް ނުދީ މާލޭގައި ކަލެއަށް ކިޔަވަން ހުރެވޭ އިރު އަހަރުންނަށް ވަނީ ވަކި ކޮން ފައިދާއެއް...."

ހަސަންބެގެ އަނގައިން ނިކުންނަމުން ދިޔަ ހޫނު ބަސްތަކުން މަންޝާއަށް ހަދާނެގޮތް ހުސްވި ކަހަލައެވެ. މަންމައަށް މީހުން ކުރަމުންދާ މަލާތްމާތް އޭނާގެ ކަންފަތުގައި ހަރުުލާފަ ހުރުމުން މަންޝާ އެ ފިރުމުންތަކާ ދެކޮޅު ހެދިއެވެ. "ނޫން.. ހަސަންބޭ.. ތިހެން ނުހަދާ..."

"މަށެއް ނޫޅެން ކަލެއަށް ދަރިއެއް ދޭކަށް... މައިތިރިވެބަލަ..." މަންޝާ ރޮއިރޮއި އޮއްވާ ހަސަންބެ އޭނާގެ ގަޔަށް އަތްފޯރުވަމުން ދިޔައީ އެއީ އޭނާ ކުޅެން ގެނެސް ބާއްވާފައި އޮތް ބުދެއް ފަދައިންނެވެ.

*** *** *** *** *** ***

"ދޫކޮށްލާ... ދޫކޮށްލާ..." މަންޝާއަށް ބާރަށް ރޮއިގަނެވުނެވެ. އެނދުގައި އޮށޯވެގެން އޮތް މަންޝާގެ ހަށިގަނޑުގައި ފަހަތުން ބައްދާލި އަޒީމަށް ސިއްސައިގެން ގޮސް ތެދުވެވުނީ މަންޝާ ސަލާމަތަށް އެދި ރޯން ފެށުމުންނެވެ. މަންޝާ ނިދީގައި އޮވެގެން ސަލާމަަތަށް އެދި ރޮމުން ދިޔައިރު އަޒީމް އޭނާ ހޭ އެރުވޭތޯ ގޮވަމުން ދިޔައެވެ.

އެންމެ ފަހުން މަންޝާގެ ކޮނޑުގައި ހިފާ އަޒީމް ތަޅުވާލިއެވެ. "އޭއި.... ކިހިނެއްވީތަ؟... މަން... މަން ހޭލަބަލަ..."

އަޒީމްގެ އަޑަށް މަންޝާ ދެލޯ ހުޅުވާލަމުން ޗޮކެއް ކަނޑާލިއެވެ. "ހޫން.. އަޒީމް ... ކިހިނެއްތަވީ؟... ތަނެއްގަ ރޯވީތަ؟.." އަޒީމްގެ ހަރަކާތްހުރިގޮތުން މަންޝާ އެހެން ބުނެލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.

"ކިހިނެއްހޯ ވީ... އަދިވެސް މަދޯ މިގޯސްވީ... މަަން ނިދާފަ އޮވެ ރޯތީ މިގޮވީ.... ކިހިނެއްވީ!.. ބިރުވެރި ހުވަފެނެއް ފެނުނީތަ؟..." މަންޝާއަށް ފެނުނު އެއްޗެއް އޮޅުންފިލުވަން ޝައުގުވެރިވެފައި އިން އަޒީމް އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ.

މަންޝާގެ ލޯ މައްޗަށް ހަސަންބެގެ ނުލަފާ މޫނު ސިފަވެގެން ދިޔައެވެ. ނަމަވެސް އެވާހަކަ އަޒީމް ގާތު ނުބުނެ އޮޅުވާލަން ދޮގެއް ހަދާލިއެވެ. "މަށަކަށް ނޭނގެ.. ހުވަފެނެއް ނުފެނޭ... ތީ އަޒީމަށް ހީވި ގޮތް...."

މަންޝާގެ ބަނޑު ދޮށުގައި އޮތް ފޯނު ނަގާ ގަޑިއަށް ބަލާލީ ބަނޑުހައި ވާހެން ހީވާތީއެވެ. އޭރު ގަޑިން މެންދުރު އެއްގަޑި ބައިވަނީއެވެ. އެނދުން ތެދުވެ މޯޅިއަކަށް ދެމިލާ ހަށިގަނޑު ދަމާލުމަށްފަހު ކޮޓަރިން ނިކުތުމަށް މަންޝާ ހިނގައިގަތެވެ. ކޮޓަރިން ނިކުމެގެން ދިޔަ މަންޝާއަށް ބަލަން އޮތް އަޒީމަށް އަނެއްކާ ވެސް ދެލޯ މެރި ނިދިއްޖެއެވެ.

އަޒީމަށް ލޯ ހުޅުވާލެވުނީ މަންޝާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަޒީމް ނުހޭލައިގެން މަންޝާ ގޮވަން ފެށުމުންނެވެ. މެންދުރު ފަސްވެއްޖެއެވެ. ރިޔާޒާއި މީރާއާ ބައްދަލުކުރަން ދާ ވާހަކަ ބުނެފައި އޮތުމުން ޑިއުޓީއަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ދާން މަންޝާ ހަނދާން ކޮށްދިނެވެ. އަދި އަޒީމަށް އެންމެ މީރު ގޮތަށް ވަޅޯމަސް އަޅައިގެން ސްޕެގެޓީ ތައްޔާރު ކޮށްފައި ހުރި ވާހަކަ ބުނުމުން އަޒީމް ފުންމައިގެން ތެދުވެ ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން ނިކުތެވެ.

އަޒީމް ފާޚާނާއިން ނިކުތްއިރު މަންޝާ ހުރީ ޑްރެސިންގް ޓޭބަލް ކައިރީގައި ރީތިވާށެވެ. މޫނުމަތީގައި މަޑުމަޑުން ފުށްމާ ހާކާލުމަށްފަހު އަނދުން އަޅަން ގެންގުޅޭ ފަންސޫރު ނަގާ ލޮލުގެ ރަވައިގަޔާއި އެސްފިޔަމަތީގައި އަނދުން ކުލަ ފާއްދާލިއެވެ. ފާޚާނާއިން ނިކުމެ އަޒީމް ރީތިވާން ފެށުމުން، ކޮޓަރިން ބޭރަށް މަންޝާ ނިކުތެވެ. އަދި ކާމޭޒު މައްޗަށް ކާން ތައްްޔާރުކުރަން ފެށިއެވެ. މަންޝާ ވެސް ނުކައި މަޑުކުރީ އަޒީމްއާ އެކީގައި ކާށެވެ.

ދެމީހުން އެކީގައި ކައިގެން ނިކުތީ ސައިކަލުގައި ހޮސްޕިޓަލަށް ދާށެވެ. މީރާއާ ރިޔާޒާ ބައްދަލު ކުރާށެވެ. އަދި މަންޝާގެ ޕްރެގްނެންސީ ރިޕޯޓްގެ ނަތީޖާ ވެސް ނަގާށެވެ.

*** *** *** *** *** ***

އަމާން އާއި އީމާންގެ ކިޔެވުން ދަށަށް ދާތީވެ މުނީރާ އެކުދިން ޓިއުޝަނަށް ގެންދަނީ އަތުން ވަރަށް ބޮޮޑު ހޭދައެއް ކޮށްފައެވެ. އެގޭގައި މަންޝާ ނެތުމުން މުނީރާގެ ދަރިންގެ ކިޔެވުމުގެ ކަންތައް ބަލައިދޭނެ މީހަކު ނެތެވެ. މަންޝާ ކޮށްދިން މަސައްކަތް މަތިން މުނީރާ ވަރަށް ހަނދާންވެއެވެ. ސޯފާގައި އިށީނދެގެން މުނީރާ އިނީ ދުފާ ތަބައް އުނގަށް ލައިގެން ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް ގެއްލިފައެވެ. ހަސަނު އައިސް މުނީރާ ގާތުގައި އިށީންނަމުން ފޯއް ތަބަކުން ފޯއް ފޮއްޗެއް ނަގާ އަނގަޔަށް ލާ ކޮލު ދަތްތަކުން ހަފާލިއެވެ.

"އިއްޔެ މަންޝާއާއި ދިމާވި.. އެ މަންޖެ މިހާރު ވަރަށް ފަލަ... އަހަރެން ބުނިން މިގެއަށް އަންނައްޗޭ..." ހަސަނާ ދިމާލަށް ކަޅިއެއް އެއްލަމުން މުނީރާ ވާހަކަ ދެއްކިއެވެ.

މަންޝާގެ ނަން މުނީރާގެ ދުލުން ބޭރުވުމުން ހަސަނަށް މުނީރާ އާ ދިމާލަށް ވަށްކަޅިން ބަލާލެވުުނެވެ. "އެހެންތަ؟... އެ މަންޖެ އެހާ ފަލަވީ ކިހިނެއްވީ؟.. އަނެއްކާ ބަނޑުބޮޑީ ކަންނޭނގެ... އެދެމަފިރިން ރަނގަޅު ދޯ..."

ހަސަނު އޭނާއަށް ފެނުނު ޚިޔާލެއް ދެމުން ސުވާލު ކޮށްލިއެވެ. ކުރިން ހިކިކޮށް ހުރި މަންޝާ މިހާރު މަސްޖަހާ ފަލަވެފައި ހުރި ވާހަކަ ބުނުމުން ހަސަނަށް އެ މަންޒަރު ސިފަވެގެން ދިޔައެވެ. އަދި އެއްފަހަރު މަންޝާ ގައިގައި ބީހިލަން ލިބޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އޮޅުވާލަމުން ފަލަމަސްގަނޑާ ދިމާލުން ފަޓުލޫނުގައި ހިފާ މައްޗަށް ޖައްސާލަމުން ފަޓުލޫނު މަތިން ކުރިމަތިފަރާތް ކަހާލީ ހަސަނުގެ އިހްސާސްތައް ކޮޅުންލާން ފެށުމުންނެވެ.

"އަހަންނާ ދިމާވީ މަންޝާ އެކަނި.... ޓެކްސީން ފައިބައިގެން ގެއަށް ދަނިކޮށް ދިމާވީ... މާވެޔޮމަގު ހިސާބުގައި އެމީހުން އުޅެނީ.. ދެން އަނެއްހެން މިގެއަކާ ދުރެއްވެސް ނޫނެއްނު... އެމަންޖެ ގާތު ބުނަން ވެއްޖެ އަމާން މެންނަށް ކިޔަވައި ދޭށޭ..." ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން މުނީރާގެ ވާހަކަ މެދުކެޑުނެވެ. ފޯއް ތަބައް ހަސަނު އަތަށް ދެމުން މުނީރާ ފޯނު ނެގިއެވެ.

"ކީކޭ... މަދީހައްތާ...." ކަންފަތުގައި ފޯނު ޖެހުމާ އެކީ މުނީރާ ޖަވާބު ދިނެވެ.

"ކިހިނެއްތަ މުނީރާ.... ދަރިންކޮޅު ރަނގަޅުތަ؟..." އާދައިގެ މަތިން މަދީހާ ގުޅައިފިއްޔާ އެންމެ ފުރަތަމަވެސް ބަލާނީ މުނީރާއާއި އެގޭ ކުދިވެރިންގެ ހާލެވެ.

އެންމެންގެ ހާލު ރަނގަޅު ކަމަށް ބުނުމުން މަދީހާ ދައްކަން ބޭނުންވެގެން ގުޅި ވާހަކަ ދައްކަން ފެއްޓިއެވެ.

"ރޭގަ އަހަރެންނަށް ނިދޭ ގޮތެއްނުވި... މަންޝާ ވަރަށް ބަލިވެފައި އޮއްވާ ހުވަފެނުގައި ފެންނަނީ... އެ މަންޖެ މިއިން ދުވަހަކު ދުށިންތަ؟..." މަދީހާ ސުވާލުކުރުމުން ރޭގަ މަންޝާއާ ދިމާވި ވާހަކަ މުނީރާ ބުންޏެވެ.

"މަދީހައްތަ ވެއްޖެއްނު އެމަންޖެއަށް ގުޅަން... އޭނަ ކައިވެނި ކުރިފަހުން މިހާރު ހަތް އަހަރުވީ... އަދިވެސް އެކަމާ ހިތްހަމަނުޖެހިފަތަ ތިހުރީ... ދެން މަދީހައްތަ ގޮތްދޫކޮށް އެ މަންޖެއަށް ގުޅާބަލަ... މަދީހައްތަގެ އިތުރު ކުއްޖަކު ވެސް ހުރީކީ ނޫންވިއްޔަ... ދެން އެކަނިމާ އެކަނި އަމާ ބަލަން ރަށުގަ ތިހެން ހުންނަ އިރު އެމަންޖެ މަތިން މާ ބޮޑަށް ހަނދާންވީމަ ތިކަހަލަ ފާޑުފާޑުގެ ހުވަފެންތައް ވެސް ފެންނާނެ..."

ފޯނުން ވާހަކަ ދައްކަން އިން މަދީހާގެ ލޯ ކަރުނުން ފުރިގެން އައެވެ. އޭނާ މަންޝާ އާ ވާހަކަ ނުދައްކާ ހުއްޓަސް މަންޝާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މަންމަގެ ބަސް ގަބޫލުނުކޮށް އަޒީމްއާ ކައިވެނިކުރީ ތީވެ، މަދީހާ އެ ހުންނަނީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައެވެ. މިހާރު މަދީހާގެ މައި ލަގޮނޑިއަށް ކެތްވަނީކީ ނޫނެވެ. އަދި ރޭގައި އެ ފެނުނު ހުވަފެނުން މަންޝާގެ ހާލު ރަނގަޅު ނޫނޭ ހިތަށް އަރަމުން ދިޔައެވެ.

ފޯނުން މަންޝާގެ ފޯނު ނަންބަރު ޖަހަމުން ދިޔައިރު މަދީހާ އިނީ ދެ ޚިޔާލެއްގައެވެ.

*** *** *** *** *** ***

އުމުރުން މިވީހާ ދުވަހެއް އަމިއްލަ ރަށުގައި ހޭދަކޮށްފައިވާ މަދީހާ ދިރިއުޅެމުން އައީ ވަރަށް އެކަނިވެރިކޮށެވެ. މަދީހާގެ ހުރި ހަމައެކަނި ދަރިފުޅު މަތީ ތަޢުލީމް ހާސިލްކުރަން މާލެއަށް ފޮނުވީ އެ ކުއްޖާއަށް ރަނގަޅު ތައުލީމެއް ލިބިި މީހުން ގަދަރުކުރާ ފަަދަ މަގާމެއްގައި ވަޒީފާ އަދާކޮށް އުޅޭތަން މަދީހާ ދެކެން ބޭނުންވާތީއެވެ. ދުނިޔެމަތީގައި އުޅޭ ނުބައި ނުލަފާ މީހުންގެ ލޯތަކުގައި މަންޝާ އަޅައިގެންފާނެތީ އެކަމުގެ ބިރަށެވެ. މުނީރާ ގާތަށް މަންޝާ ފޮނުވާލުމަށްފަހު މަދީހާ އޭނާގެ މަންމައާ އެކީ ރަށުގައި އުޅެމުން ދިޔައީ ވަރަށް އެކަނިވެރިކޮށެވެ.

މަދީހާގެ މަންމައަކީ އުމުރުން ހަތްދިހަ އަހަރުގެ އަންހެނެއް ކަމުން މަންމަގެ ކަންތައްތައް ކޮށްދިނުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އޭގެ އިތުރުން ރަށުގެ އަންހެނުންގެ ކޮމިޓީގައި ބައިިވެރިވެ ރަށުގައި އަންހެންވެރިން ކުރާ އެކި މަސައްކަތްތަކުގައި ލިބޭ ހުސް ވަގުތުތައް މަދީހާ ހޭދަކުރަމުން ދިޔައީ މަންޝާ މަތިން ހަނދާންވެ ދެރަވަމުން ދާތީއެވެ. މަދީހާ އަކީ ހަމުގެ ކުލަ ދޮން ވަރަށް ރީތި މީހެކެވެ. މަންޝާ ވައްތަރީ މަދީހާއާ ކަމުގައި ވީނަމަވެސް މަންޝާގެ ހަމުގައި ހުންނަަ މެދުމިނުގެ ކަަޅު ކުލައަކީ އޭނާގެ އަސްލު ބައްޕަގެ ފަރާތުން ލިބިފައިވާ ކުލައެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ތިމާގެ ބައެއްގެ ގެއިން ބަނބުކެޔޮތަކެއް ހިފައިގެން މަދީހާ އައިސް ގެއަށް ވަނީ މާދަމާ ހެނދުނު އެ ބަނބުކެޔޮތައް ތެލުލައި މުނީރާމެންނަށް ފޮނުވަން ހަދިޔާތައް ތައްޔާރު ކުރުމަށެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތް ހަދީޖާއަށް މަދީހާ ފެނުމުން ވާހަކަ ދައްކަން ފެއްޓިއެވެ. "ދަރިފުޅާ މަދީހާ... ދެންމެ އެފޯނު ވަަރަށް ރިންގް ވި... ފިތަކަށް ފިތާލިތަނުން ފޯނު ކެނޑިއްޖެ...." މަދީހާގެ މަންމަ ވާހަކަ ދައްކަމުން ދިޔައީ ބަދިގެއާ ދިމާލުން ބޭރަށް ހުރި އަށިމައްޗަށް އިޝާރާތް ކުރަމުންނެވެ.

ގޯތިތެރޭގައި ހުރި ބިޔަ އަނބު ގަސް ދޮށުގައި ބަނބުކެޔޮތައް ބެހެއްޓުމަށްފަހު އަށިމަތީގައި އޮތް ފޯނު ނަގާ މަދީހާ ބަލާލީ އެ ގުޅި މީހާކު ބެލުމުގެ ބޭނުމުގައެވެ. މަންޝާގެ ކޯލެއް ކަމުން މަދީހާ އަވަހަށް އެ ނަންބަރަށް ގުޅާލިއެވެ. ދެބުރަކަށް ފޯނު ރިންގްވީތަނާ އެކޮޅުން ފޯނު ނަގައިފިއެވެ.

"މަންމާ...." މަންޝާގެ އަޑުގައި ވޭނީ ކުކުރުމެއް އެކުލެވިފައި ވެއެވެ. މަދީހާއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަންނާކަށް މާ ގިނައިރެއް ނުނެގިއެވެ. "ކިހިނެއްވީ މަންޝާ.... މަންމަ މިއުޅެނީ ބޯޓު ފުރަންވާ އިރަށް ހަދިޔާކޮޅެއް ތައްޔާާރު ކޮށްލެވޭތޯ....."

އަނެއްކާވެސް މަންމާއޭ ކިޔާފައި މަންޝާ ގޮވާލިއެވެ. މަދީހާއަށް އޭނާގެ ދަރިފުޅު ކޮންމެވެސް ވާހަކައެއް ނުބުނެވިގެން އުޅޭކަން ފާހަގަވުމުން މަދީހާ އަހާލިއެވެ. "ހޫން... ކީކޭ... މަންމަ މިހުރީ އަޑުއަހާށޭ... ތި އަހަން އުޅޭ އެއްޗެއް ނިކަން އަހާބަލަ..."

"މަންމާ... އަހަރެން މިއުޅެނި މީހަކާ އިންނަން..." މަންޝާ ނުބުނަން ހުރެ އެންމެ ފަހުން ލޯމަރާލާފައި އެބަސްތައް ބޭރުކޮށްލިއެވެ.

"ކީކޭ.... މީހަކާ އިންނާށޭ... ކިޔަވާ ނުނިމެނީސް އިންނަނީތަ؟... އަދި މާ އަވަހެއްނުން... ދެން ދަރިފުޅު ބޭނުން ގޮތެއްދޯ އޮންނާނީ..." ނޫނެކޭ ބުނަން އުޅެފައިވެސް މަދީހާ އެކަމާ އެއްބަސްވާން ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ވީފަދަ ގޮތެއް މަންޝާއަށް ވެދާނެތީއެވެ. މީހަކާ އިންނަން ބޭނުންވި ދުވަހު އެކަމާ ދެކޮޅު ނުހަދާ އިންނާށޭ ބުނީ މަޑުކޮށްފިއްޔާ މަންޝާ ޅަ އެއްޗެއް އަޅާފާނެތީއެވެ.

މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަދީހާއެވެ. "ކޮންރަށަކު ކާކުކަން އިނގޭތަ؟... މާލެ ކުއްޖެއްތަ؟... ކޮން ނަމެއް ކިޔާ ކުއްޖެއް؟؟.... މަންމައަށް ތި ކުއްޖާ ދައްކާނީ ކޮން ދުވަހަކުން؟؟..."

"މަންމާ... އޭނައަށް ކިޔަނީ އަޒީމް... ހުޅުލޭގަ ވަޒީފާ އަދާ ކުރަނީ.... ވަރަށް ރަނގަޅު ކުއްޖެއް އެއީ.... އޭނާ އެއީ ސީނު ހުޅުދޫ ކުއްޖެއް... އައްޑު އޮތޮޅު..."

(ނުނިމޭ)