349 ގުރާމުގެ މަސްތުވާތަކެއްޗާއެކު އުމުރުން 65 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގު ކަމަށެވެ. މަސްތުވާތަކެއްޗާއެކު ސޯދިގު ހައްޔަރު ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ސޯދިގު ހައްޔަރު ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށާއި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ މަސްތުވާތަކެއްޗާއެކު ރާއްޖެ އައިސްފައިވަނީ ތައިލެންޑުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހޯމަ ދުވަހުވެސް ވަނީ 65 އަހަރުގެ އުމުރުން ދުވަސްވީ ދިވެއްސެއް 349 ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ. މި މީހާ ރާއްޖެ އައިސްފައިވަނީ ސްރީ ލަންކާއިންނެވެ.