ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގެ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445 ގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ތައްޔާރު ކުރި "މަނާލް" ހޮވިއްޖެއެވެ.

މި ޑްރާމާއަށް ޖުމްލަ 8 އެވޯޑު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު އެކްޓަރު (އަންހެން)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން)، އެންމެ މޮޅު ޑިރެކްޓަރު، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ސިނަމެޓޮގްރާފާ، އެންމެ މޮޅު އެޑިޓަރު، އެންމެ މޮޅު ޑްރާމާ އަދި އެންމެ މޮޅު އެކްޓަރު އަންހެން ( ވިއުވާސް ޗޮއިސް) އެވޯޑު ވަނީ ލިބިފައެވެ.

މި މުބަރާތުގައި ދެވަނައަށް އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ކަރެކްޝަނަލް ސާވިސް އިން ތައްޔާރުކުރި "ކުރެހުން"އަށެވެ. އެ ޑްރާމާއަށް ތިން އެވޯޑެއް ވަނީ ލިބިފައެވެ.

އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445 އެވޯޑު ލިބުން ފަރާތްތައް:

- އެންމެ މޮޅު އެކްޓަރު (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެކްޓަރު (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން): އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން): މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ޑިރެކްޓަރު: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސްކްރީންޕްލޭ: މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސިނަމެޓޮގްރާފާ: (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެޑިޓަރު: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް): ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން)

- އެންމެ މޮޅު އެކްޓަރު އަންހެން ( ވިއުވާސް ޗޮއިސް): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވާސް ޗޮއިސް): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތް، ބޮޑު މެދުކެނޑުމަކަށް މިއަހަރު ބޭއްވި އިރު، މި މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ޑްރާމާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު އެންސީއޭ އިން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެންމެ މޮޅު އަންހެން އަދި ފިރިހެން ސަޕޯޓިން އެކްޓަރަށް 10،000 ރުފިޔާ އަދި، އަލަށް ދާއިރާއަށް ތައާރަފުވާ އެންމެ މޮޅު ފަންނާނަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމުވަނި ކަނޑައަޅާފައެވެ.