މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ. ގައްދޫ އައިސް ޕްލާންޓު 25 ޓަނުން 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭ ގޮތަށް އަޕްގްރޭޑްކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.

މިފްކޯ އިން ބުނީ، ގައްދޫ އައިސްޕަލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެ ކަމަށާއި ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު 5 ރަށެއްގައި ދަނީ އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުންނެވެ.

މިފްކޯއިން މިވަގުތު ހިންގާ އައިސް ޕްލާންޓުތަކުގެ ތެރޭގައި 25 ޓަނުގެ ފްލޭކްސް އައިސް އުފައްދާ އައިސްޕާލްންތްތައް ހުރީ، ހއ. ހޯރަފުށި، މ. މަޑުއްވަރި، ކ. ގާފަރު އަދި ފުވައްމުލައް ސިޓީއެވެ. 50 ޓަނުގެ ފްލޭކްސް އައިސް އުފައްދާ ޕަލާންޓްތައް ހުރި ރަށްރަށަކީ ގައްދޫގެ އިތުރުން، ގދ. ތިނަދޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއެވެ. ހަމައެއާއެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކސްގައި 80 ޓަނުގެ ފްލޭކްސް އައިސް އުފައްދާއިރު، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ފްލޭކްސް އައިސް އުފައްދާ ކަަމަށް އެ ކުންފުނިން ބުނެއެވެ.

މި އައިސް ޕަލްޏާްތތަކުގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ މިފްކޯއިން ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.