އެޕާޓްމަންޓުތަކަކާއި ކާރުތަކެއް ބަލާ ފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި އެޕާޓްމަންޓުތަކާއި ކާރުތައް ބަލާ ފާސްކުރުމުގެ ތެރޭގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، މި މައްސަލަ އާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ:

  • އއ. ރަސްދޫ، ފުނަމާގެ، ހަސަން ޒަޔާން (24އ)
  • ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު (22އ)

މަސްތުވާތެކެތީގެ ކުށުގެ ރެކޯޑު އޮންނަ ސަރީހުގެ ކުޑަކަމުދާތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލައިގައި އިތުރު އެހެން ފަރާތްތަކެއްގެ ބައިވެރިވުންވެސް އޮތް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒަޔާން އާއި ސަރީހު ގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. މި މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތެވެ.

މަސްތުވާތަކެތީގެ މައްސަލަ އިތުރުވެފައިވާއިރު މިދިޔަ އޮގަސްޓު މަހުގެ ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 666 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެެވެ. މި މަސްތުވާތަކެއްޗަކީ ރަބަރު ޕެކެޓެއްގައި ބަންދުކޮށްފައި ހުރި ސިންތެޓިކް ކެތިނޯން ނަމަކަށް ކިޔާ މަސްތުވާތަކެތީ ބާވަތެއް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.