އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ޅ. ނައިފަރު ގެ ޗެމްޕިއަންކަން ޓީމް 'ހުސްބުޅި' ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓާ ކުރި 18 ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ފަށާފައިވަނީ 6 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

ކާމިޔާބު ހޯދި ޓީމްތަކާއި ފަރާތްތަކަކީ:

  • ޗެެމްޕިއަން ޓީމް: 921.4 ޕޮއިންޓާއެކު ހުސްބުޅި
  • ދެވަނަ ޓީމް: 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް
  • 3ވަނަ ޓީމް: 438.3 ޕޮއިންޓާއިއެކު ޓީމް ކޮރަކަލި
  • އެންމެ ބަރު މަސް: މުހައްމަދު ނަޝީދު ، ޓީމް އަލިފަސް – 9.4 ކިލޯގެ މުޑަ ހަނދި
  • އެންމެ މޮޅު ކެޔޮޅު – ފިރިހެން: އަލި އަބްދުﷲ (ޗިލް ބްރޯޒް) 24 މަސް
  • އެންމެ މޮޅު ކެޔޮޅު – އަންހެން:ޖަވާދާ އަހްމަދު (ޓީމް ކޮރަކަލި) 15 މަސް

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ޅ. ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ.