ޑްރަގް ކޯޓުން ވައްކަން ކުރި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ބުނީ، ޑްރަގް ކޯޓުން ވައްކަން ކުރި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ކަމަށާއި އެ މައްސަަލައާ ގުލީގެން ކޯޓު އަމުރެއްގެ ދަށޫން ދިވެހި ފިރިހެނަކު ހައްޔަރު ކޯށްފައި ވަނީ އޮގަސްޓް 31 ވަނަ ދުވަހު ކަމަށެވެ.

އެ ގޮތުން ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް، އުމުރުން 32 އަހަރު އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާ 15 ދުވަހަށް ބަނދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.