މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތެރިވާން ފަށާއިފިއެވެ.
މި ކަމާ ގުޅުގެން ފުލުހުން ބުނީ، އެއީ މާފަންނުގައި ހުރި ގެއެއް ކަމަށާއި ފުލުހުން ދަނީ އެ ސަރަހއްދުގައި ހަރަކާތެރި ވަމުންކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވިޑިއޯއިން ފެންނަ މަންޒަރުގައި އަނަހެނަކު ހިފަހައްޓާއިގެން ހުރެ ފިރިހެނަކު ވާހަކަދައްކާ މަންޒަރު ފެނެއެވެ. އަދި އިތުރު ވީޑިއޯއަކުން، އެމީހާ އެ އަންހެން މީހާ ގޮވައިގެން އެގެއިން ބޭރަށް ނިކުމެ ސައިކަލަށް އަރާ އިންނަ ތަން ފެނެއެވެ. އޭރު އެ ސަރަހައްދުގައި ފުލުހުންގެ ފަސް ވަރަަކަށް އޮފިސަރުން ހަރަކާތްތެރިވަމުންދާ މަންޒަރު ވެސް ފެނެއެވެ.
އެ އަންހެންމީހާ ކަރުގައި ވަޅި ޖައްސައިގެން ހުރި ކަމަށް އެ ވީޑިއޯއިން އިވޭ އަޑުތަކުން މީހަކު ބުނާ އަޑު އިވެއެވެ. އެ ވަގުތު އެ އަންހެން މީހާ ސައިކަލު ކުރިއަށް އަރުވައި އަންހެންމީހާ ގައިގައި ހިފަހައްޓައިގެން ހުރެ ސައިކަލު ފަހަތަށް އެ ފިރިހެން މީހާ އަރާ ހަމަޖެހި ސައިކަލު ދުއްވާފާ ދާ މަންޒަރު ފެނެއެވެ. ސައިކަލޫ ދުއްވަނީ އެ އަންހެން މީހާއެވެ. ފަހަތުގައި އިން ފިރިހެން މީހާ އިނީ އެ އަންހެންމީހާ ގައިގައި ހިފަހައްޓައިގެން ތޫނު އެއްޗަކުން ބިރު ދައްކައިގެންނެވެ.