މާލޭގެ މާފަންނުގައި ހުންނަ ގެއެއްގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާ ކޮށްފިއެވެ.
ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި އެ އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު އިރުއޮއްސި 6:11 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އަނިޔާ ލިބިފައިވާ އަންހެން މީހާއަކީ ދިވެއްސެއް ކަމެއް ބިދޭސީއެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ވެސް ސާފެއް ނުވެއެވެ.
ފުލުހުން ބުނީ، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
