މާލެ އީދު މިސްކިތް މަރާމަތަށް ބަންދުކޮށްފައި ވަނިކޮށް ރޭ އެ މިސްކިތުން ވައްކަން ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އީދު މިސްކިތް މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް ރޭ 6:00 އާއި 22:00 އާއި ދެމެދު ވަގުތެއްގައި މިސްކިތުން ވައްކަން ކޮށްފައި ވާކަމަށެވެ. މިސްކިތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އިތުރަށް ސިޓީ ކައުންސިލުން ބުނީ މިހާރު މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ.

މީގެ ކުރިންވެސ އީދު މިސްކިތުން ވައްކަންކުރާ މައްސަލަ ފެންމަތިވެފައި ވާއިރު މިދިޔަ ޖޫން މަހު އެކަނިވެސް އެ މިސްކިތުން 11 ފަންކާ ވަގަށް ނަގާފައިވެއެވެ. މީގެ ކުރިން، އީދު މިސްކިތުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

މާލޭ މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.