2024 ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިިއެވެ.
މިކަން އިއުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
މި ދުވަސް ބަންދުކޮށްފައި ވަނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ ކުރިންވެސް މިފަދަ ދުވަސްތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ބަންދުކޮށްފައިވާއިރު ދާދި ފަހުން ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހުވެސް ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައެވެ.
އެ ދުވަސް ބަންދުކޮށްފައި ވަނީ ކިޔަވާ ކުދީންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރު ކުރުމާ ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުންނެެވެ.