ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
އުރީދޫ އިން ބުނީ މި ސެންޓަރު ހުޅުވުމުގެ މަގްސަދަކީ ފޭސް 2 ގެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ދިނުން ކަމަށާއި، މި ސެންޓަރުން އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.
އުރީދޫ އިން ބުނީ މި އެކްސްޕީރިއަންސް ސެންޓަރުން ކަސްޓަމަރުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.
އުރީދޫ އިން ވަނީ މި ސެންޓަރުތަކުގައި ތަމްރީނު ލިބިފައިވާ އުރީދޫގެ ފަންނުވެރިންގެ ޓީމަކުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ.
އުރީދޫ އިން މިއަދު ފޭސް 2 ގައި ހުޅުވި މި ސެންޓަރުގެ ހިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 - 12:00 އަދި މެންދުރު 13:00 އިން 16:00 އަށް ލިބެން ހުންނާނެއެވެ. އުރީދޫއިން ހުޅުވާ މި ފަދަ ސެންޓަރުތަކަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެ ގޮތް ކަސްޓަމަރުންނަށް ކިޔާދޭ ތަނެކެވެ.