މިދިޔަ ހުކުރު ދުވަހު ކ. މާފުށީގައި ބޭއްވި އުރީދޫ މަސްރޭސް 2026 ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމަށް އުރީދޫ އިން ހާމަކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މިއަހަރުގެ މަސްރޭހުގައި 14 ޓީމު ބައިވެރިވެފައިވެއެވެ. މިއަހަރުގެ އުރީދޫ މަސްރޭހުގައި މުޅިއަކު 43،000ރ ގެ ފައިސާގެ އިނާމުވެސް ހިމެނެއެވެ.
ޕޮއިންޓްގެ ގޮތުން އެންޒީ ޓީމު ކުރި ހޯދާ ޗެމްޕިއަންކަން ހޯދިއިރު 25،000 ރުފިޔާ އިނާމެއްގެ ގޮތުން ލިބިގެންދިޔައެވެ.
އުރީދޫ މަސްރޭސް 2026 ގެ ވަނަ ވަނަ އަށް އައި ފަރާތްތަކާއި، ލިބުނު ފައިސާގެ އިނާމުތައް:
- ޗެމްޕިއަން ޓީމް: 25000ރ – އެންޒީ (923 ޕޮއިންޓް)
- ދެވަނަ ޓީމް: 10000ރ – ސްޓެލްކޯ މޭން (606.25 ޕޮއިންޓް)
- ތިންވަނަ ޓީމް: 5000ރ – އޭވިއަން (597.75 ޕޮއިންޓް)
- އެންމެ މޮޅު އަންހެން މަސްވެރިޔާ: 1000 ރުފިޔާ އަދި އޯޝަން އެކްސް ގެ ފަރާތުން ހުށައެޅި ލައިޓް ކާސްޓިންގ ކޮމްބޯ ސެޓަޕް – ޝަހީދާ މުހައްމަދު، ސީ ޕާލް – 19 މަސް
- އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1000 ރުފިޔާ އަދި އޯޝަން އެކްސް ގެ ފަރާތުން ހުށައެޅި ލައިޓް ކާސްޓިންގ ކޮމްބޯ ސެޓަޕް – އިސްހާގް މުހައްމަދު، ސްޓެލްކޯ ކަނބަލުން – 13 މަސް
- އެންމެ ބަރު މަސް 1000 ރުފިޔާ – އަލީ، އޭވިއަން، 8.55 ކޭޖީ ރޫބީ
އުރީދޫ މަސްރޭހަކީ ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާނުއްސުރެ މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމުގެ ނިޔަތުގައި ބޭއްވޭ ހަރަކާތެކެވެ. އަދި މިއީ އަބަދުވެސް ވަރަށް ފޯރިއާއެކު ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވަމުން އަންނަ އިޖުތިމާއީ ހަރަކާތެކެވެ.
