މުނިފޫހިފިލުވުމަށް ހާއްސަ އުރީދޫގެ ހަބް، އެންޓަޓެއިނާ އަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ 'ޖިއޯސާވަން' އިތުރު ކޮށްފިއެވެ.

އުރީދޫގެ އެންޓަޓެއިނާ އަކީ މުނިފޫހިފިލުވުމުގެ ތަފާތު ގޮތްތައް ފޯރުކޮށްދިނުމަށް ފަރުމާ ކޮށްފައިވާ ޕްލެޓްފޯމަކަށް ވާއިރު، ޖިއޯސާވަން ހިމެނުމާއެކު، ރާއްޖޭގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން 16 ބަހަކުން 80 މިލިއަނަށްވުރެ ގިނަ ޓްރެކް ހިމެނޭ ޖިއޯސާވްގެ ކެޓަލޮގަށް އަންލިމިޓެޑް އެކްސެސް ލިބި، ޕޮޑްކާސްޓްތަކާއި، ލަވަ އަދި އެކްސްކްލޫސިވް ކޮންޓެންޓް ލިބި، މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ބޮލީވުޑްގެ ހިޓް، އިންޓަނޭޝަނަލް ޗާޓް ޓޮޕާސް ނުވަތަ ރީޖަނަލް ފޭވަރިޓުންގެ ފޭނަކަށް ވިޔަސް ޖިއޯސާވަން އަކީ ކޮންމެ މީހަކަށް ވެސް އެއްޗެއް ގެނެސްދޭ ޕްލެޓްފޯމެކެވެ. ކިއުރޭޓެޑް ޕްލޭލިސްޓްތައް ހޯދުމާއި، އާ އާޓިސްޓުން ހޯދުމާއި، އެކި ޖޯންރާތަކުގެ މިއުޒިކާއެކު ފަސޭހަކަމާއެކު ބޭނުން ކުރެވޭނެއެވެ.

250 ރުފިޔާއަށް ޖިއޯސާވަން ޕެކް އެކްޓިވޭޓްކޮށް، ޕްރިމިއަމް ޖިއޯސާވަން ސަބްސްކްރިޕްޝަނަކާ އެކު 30 ދުވަހުގެ ވެލިޑިޓީއަކާ އެކު އެޕްލިކޭޝަނަށް 50 ޖީބީ ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަސްޓަމަރުންނަށް މިހާރު އެހެން ޕްރިމިއަމް މުނިފޫހިފިލުވުމުގެ ޕްލެޓްފޯމްތަކާއެކު ޖިއޯސާވަން ބޭނުންކުރެވިް ފުރިހަމަ މުނިފޫހިފިލުވުމުގެ ޕެކޭޖެއް ލިބިގެންދާނެއެވެ.