ތިން ކުންފުންޏެއްގެ ޗެއާޕާސަން ހިމެނޭހެން ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑުން 19 ބޯޑު މެންބަރަކު ވަކިކޮށް، ކުންފުނީގެ ބޯޑުތަކަށް ބަދަލުގެނެސްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ބޯޑު މެންބަރުން ވަކިކުރި ކުންފުނިތަކަކީ:

  • ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) - 2 މެންބަރުން
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް - 2 މެންބަރުން
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް - 3 މެންބަރުން
  • ބީސީސީ - 2 މެންބަރުން
  • ފަހި ދިރިއުޅުން ކޯޕަރޭޝަން - 1 މެންބަރެއް
  • ފެނަކަ - 3 މެންބަރުން
  • ޕޮލްކޯ - 1 މެންބަރެއް
  • އެސްޑީއެފްސީ - 1 މެންބަރެއް
  • ޓްރޭޑްނެޓް ކޯޕަރޭޝަން - 1 މެންބަރެއް
  • ވެމްކޯ - 3 މެންބަރުން

ޕީސީބީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މޯލްޑިވްސް ޕޯސްޓްގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަން އަހްމަދު ޝަހީރާއި އެސްޑީއެފްސީގެ ޗެއާޕާސަން ޝުހާދު އިބްރާހީމް ވަކިކޮށްފައިވެއެވެ.

ހަމަ އެއާއެކު މޯލްޑިވް ގޭސްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ވެމްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައި މިވަގުތު ހުންނެވި އަލީ އިކްރާމް ވެސް މަގާމުން ވަކިކޮށްފައިވެއެވެ.

މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރައްވާފައި ވެސް ވެއެވެ. އެއީ:

  • އެޗްޑީއެފްސީގެ ބޯޑަށް ޒިދުނާ އިބްރާހީމް
  • މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ހައްވާ ސަފްނާ