ހުޅުމާލޭގައި ހުންނަ ރެސްޓޯރަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ހުޅުމާލެ ފޭސް އެކެއްގައި ހުންނަ 'މެލްޓްޒް' ރެސްޓޯރަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވާކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް އެ ހާދިސާ ހިނގި އިރު އެތާނގައި މީހުން ތިބި ކަމެއް، ލިބުނު ގެއްލުުގެ ތަސްފީލެއް އަދި ނުލިބެއެވެ.