އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ކ. ހިންމަފުށީ ގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަހަރު މަސްރޭސް އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 09 ވަނަ ދުވަހު ހިންމަފުށީގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 21 ޓީމުން ވަނީ ބައިވެރިވެފައެވެ. އިރީދޫ އިން ބުނީ ހިންމަފުށީގައި ކުރިއަށް ދިޔަ މި މަސްރޭހަކީ، ޓީމްތަކުގެ މެދުގައި ވާދަވެރި ފޯރިގަދަ އިވެންޓަކަށް ވެގެން ދިޔަކަމަށެވެ.
އުރީދޫ އިން ވަނީ ހިންމަފުށީ ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.
ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާއެކު ޓީމް ސިފްކޯ
ދެވަނަ ޓީމް: 807.85 ޕޮއިންޓާއިއެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
3ވަނަ ޓީމް: 608.1 ޕޮއިންޓާއިއެކު ޑިޓިއުން ފިޝިން
އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓާކްލާސް – 37.7 ކިލޯގެ ފާނަ
އެންމެ މޮޅު ކެޔޮޅު – ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
އެންމެ މޮޅު ކެޔޮޅު – އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިން، 17 މަސް