މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކުރިން އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ހުއްދަ ލިބިގެން ހިންގާ ކޯސްތައް ކަން ޔަގީން ކުރުމަށް އިލްތިމާސް ކޮށްފިއެވެ.

އެމްކިއުއޭ އިން ބުނީ، މި ދުވަސްވަރު މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން އަންނަނީ އެކި ކަހަލަ ޕްރޮގްރާމްތައް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ކަމަށާއި، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކުރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ ގޮތުން އެ މަރުކަޒަކުން ހިންގާ ޕްރޮގްރާމަކީ އެމްކިއުއޭ އިން ހުއްދދީފައިވާ ޕްރޮގްރާމެއްތޯ ބެލުމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެގޮތުން އެ އޮތޯރިޓީގެ ވެބް ސައިޓުގައި ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓެއް ވާނެ ކަމަށާއި އެ ލިސްޓަށް ބަލައި ޔަގީން ކުރުމަށް ފަހުގައި ނޫނީ އެ ޕްރޮގްރާމެއް ނުފެށުމަށް އެމްކިއުއޭ އިން ބުނެއެވެ.

އެގޮތުން މި ދެ ލިންކުން މައުލޫމާތު ބަލައި ސާފު ކުރުމަށް އެ އޮތޯރިޓީން ބުނެއެވެ.