އިންޑިއާގެ ދެކުނު ބިތުގެ ސިޓީއެއް ކަމަށް ވާ ކެރަލާގެ ފަރުބަދަމަތީ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ތިރި ހިސާބުތަކަށް ފެންގަނޑު ފައިބައިގެން ދިޔުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 123 މީހަކު މަރުވެއްޖެއެވެ.

އެންމެ ބޮޑަށް އަސަރު ކުރި ވަޔާނަދް އަވަށަށް ފެންގަނޑު ފައިބައިގެން ދިޔަ ވަގުތަކީ އެ އަވަށުގެ ގިނަ ބަޔަކު ނިދާފައި ތިބި ވަގުތެއް ކަމުން އެ ހާދިސާގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ފައިބައިގެން ކިސަޑާއެކު ބައެއް ގެތައް ފޮރުވި ބައެއް މީހުން ތާށިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަ އިރު, ބޯކޮށް ވެހޭ ވާރޭގެ ސަބަބުންނާއި އެ ސަރަހައްދަށް ދެވެން އޮންނަ ބްރިޖަށް ގެއްލުން ވެފައި ވުމުގެ ސަބަބުން ދަނީ ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. އޮފިޝަލުންނާ ހަވާލާދީ މައެއް މީޑިއާތަކުން ބުނާގޮތުން ތާށިވެފައި ތިބި މީހުންގެ އަދަދު 100 އަށް ވުރެ މަތިވާނެ ކަމަށް ބެލެވޭތީ މަރުވާ މީހުންގެ ޖުމްލަ އަދަދުވެސް އިތުރުވެގެން ދާނެއެވެ.

ކެރެލާއަކީ އާންމުކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ގިނަ ސިޓީއަކަށް ވާއިރު 2018 އިން ފެށިގެން މިހާތަނަށް ހިނގި މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރައެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން މިވަގުތުވެސް 123 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި 3000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 200 އަށޤ ވިރެ ގިނަ ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު, މި ހާދިސާގައި ފުރާނަ ގެއްލުނު ކޮންމެ މީހެއްގެ އާއިލާތަކަށް 2300 އެމެރިކާ ޑޮލަރު އަދި އަނިޔާވި ކޮންމެ މީހަކަށް 600 ޑޮލަރު ދެއްވާނެ ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިއުލާން ކުރައްވާފައެވެ.