ދިވެހި ރައްޔިތުން 'ގަރުދިޔަ އާއި ބަތް' ކާން ޖެހޭ ހިސާބަށް މި ގައުމުގެ އިގްތިސޯދު ވައްޓާލީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ނިމިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވެ، ގާސިމް މިހެން ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި މައްސަލައިގެ ރިޕޯޓަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ބަހުސްކުރައްވަމުން ގެންދަވަނިކޮށް ނެންގެވި ނިޒާމީ ނުކުތާ ސާފުކޮށްދެއްވަމުންނެވެ.
މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ އަބްދުލްޣަފޫރު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ވެރިކަމުގައި އޮއްވާ ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ 26 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލި، ހަރަދު ބޮޑުވެގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ، ހަރަދަށް ޒިންމާވާ ގާނޫނުން ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލައި، ހަ ބިލިއަން ރުފިޔާ ޗާޕުކުރަން 19 ވަނަ މަޖިލީހުން ނިންމީ ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ކަމަށެވެ.
އަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި، ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެވުނު އިގްތިސޯދަކަށް ދިވެހިރާއްޖެ ހެދީ ނިމިދިޔަ ސަރުކާރުންނެވެ.
"މި މަޖިލީހުން ހަދާ ގާނޫނެއްގެ ދަށުގައި ސެންޓްރަލް ބޭންކު ވެސް އޮންނަނީ، މި މަޖިލީހުން ފާސްކޮށްފަ ލާރި ޗާޕުކުރާށޭ ބުނީމާ ގަވަރުނަރު ޖެހޭނީ އެ ލާރި ޗާޕުކުރަން އިއްޒަތްތެރި ރައީސް، އެއީ އެކަން ހިނގައިދިޔަ ގޮތް،" ފައިސާ ޗާޕްކުރުމާއި ގާނޫނުތައް ހެދުމަކީ ގަވަރުނަރުގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ މި ހިނގައިދިޔަ ހުރިހާ ކަމެއްގައި ގަވަރުނަރުގެ ޒިންމާއޭ ކިޔާފަ އަޅުގަނޑުމެން ވާހަކަ ދެއްކުމަކީ އިންސާފުވެރި ގޮތްތޯ އަޅުގަނޑުގެ ހަމަ ސުވާލު އުފެދޭ،"
ވެރިކަން ބަދަލުވިއިރު އިގްތިސޯދު ހުރީ ރަނގަޅަށް ކަމަށް ވިދާޅުވެ، މިއަދު އިގްތިސޯދަށް އަންނަ ބަދަލުތަކަށް ކުރީ ސަރުކާރުން ޒިންމާނަގަން ޖެހޭނެ ކަމަކަށް އަބްދުލްޣަފޫރު ގަބޫލެއް ނުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، މި ސަރުކާރުގެ ހަރަދުތައް ކުރީ ސަރުކާރަށް ވުރެ މާ ބޮޑެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި، މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ގައުމުގެ އިގްތިސޯދު ދަތި ހާލަތަކަށް ވެއްޓުނީ މި ސަރުކާރުގެ ކުރިން އައި ތިން ސަރުކާރުން ނެގިހާ ލޯނުތަކާއި، ސަރުކާރު ކުންފުނިތަކުން ދެ ގުނައަށް މަސައްކަތްކުރުމުގެ ސަބަބުން ކަމަށާއި، ބަޖެޓު ޑެފިސިޓްވެފައި ވަނީ ވެސް އެހެންވެ ކަމަށެވެ.
އެހެންކަމުން އަބްދުލްޣަފޫރު ދައްކަވާ ވާހަކަ ހަގީގަތާ ހިލާފު ކަމަށް ގާސިމް ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ ތިން ގުނަ އިތުރަށް ކަމަށް ވިދާޅުވެ، ގާސިމް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށަށް ދިއުމުގައި މިދިޔަ ސަރުކާރުުގެ އަތެއްވާ ކަމަށް ވެސް ގަވަރުނަރު އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.
"މާދަމާ އަޅުގަނޑުމެން ކޮންމެ ފަދަ ހިތި ބޭހެއް ބޯން ޖެހުނަސް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ފިޔަވަޅު އަޅުއްވަން އެބަޖެހޭ އަޅުގަނޑުމެން ގަބޫލަސް ނުގަބޫލަސް، ނުކޮށްފިއްޔާ އެއަށްވުރެ މާ ނިކަމެތި ދަރަޖައަށް އަޅުގަނޑުމެން ވެއްޓިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.
ސޭޓުއެންޑީޕީއާއި ކޯލިޝަން ހަދައިގެން ހުރެކެއުނު ވަރުމަދުވެގެން އިތުރަށް ކެވޭތޯ ބަލަނީ ތިމީހުންގެ އުމުރުވެސް ދިގުވާނެ
ގާސިމް ދިވެހިދައުލަތަށް ދައްކަންޖެހޭ ފާއިސާ ދައުލަތަށް ދައްކަބަލަ އޭރުން ރައިއްޔިތުން ގަރުދިޔަ އާއި ބަތާއި ކައިގެން ހިތިބޭސް ބޯކަށް.ނުޖެހޭނެ!
ޤާސިމު ތިކިއުއްވާ އެމްޑީޕީއެއް ގައުމު ދަރުވާލިއިރު ތި އެމްޑީޕީގެ ވެރިކަމުގާ ނަގާކިއަން އުޅު ބޮޑުންގެތެރޭގާ އެންމެއިސްކޮން އުޅުނު އެންމެ ނުފޫޒުގަދަ މީހަކީ ގާސިމުކަން ހަނދުމަ ވޭތޯ؟ ރައިއްޔަތަކަށް ހެވެއްއެދިގެން އުޅުއްވިނަމަ އޭރުގާ ކީއްވެތޯ އެންމެބަހެއް ެސް ވިދާޅުނުވެ ސަނާކިއަން ހުންނެވީ.؟ ދުލުގަ ހިފައިގެންދަމަންޏާ އެއްޗެއްނުބުނެ ނުހުރެވޭނެ، ލަދުން ބޯހަލާކު މިވަރުވެގެންދާއިރުވެސް ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ދައްކަނީކީނޫން ކުޑަމިނުން މިމީހުންގެ މުސާރައިން އެންމެކުޑަވެގެން ސެންޓެއްގެ މިންވަރުވެސް އުނިކިރާކަށް އެއްބަހެއްވެސްނުވެ ކުރާކަށް ނުވެސްކެރެ، ހުރިހާނިކަމެތިކަމެއް މި ދެނީރައިއްޔަތުންނަށް ހެއޮނުވާނެ ހެއޮނުވާނެ.