މާލޭގެ ފިހާރައަކުން ގަހަނާތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޗަމްޕާ މަގު ޕެންޒީ ފިހާރައިން ރޭގެ ވަގުތެއްގައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރު ކޮށްފައި ވަނީ މިއަދު ކަމަށެވެ. އަދި އެ ފިހާރައިން އޭނާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގަހަނާތަކެއް ހޯދާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،939 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ވެއެވެ.