އޮޅުވާލައިގެން ޑޮލަރު ވިއްކަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ވަގު ޑޮލަރު ވިއްކުމުގެ މައްސަލައަކީ މިހާރު އާންމު މައްސަލައަކަށް ވެފައި ވާއިރު، ފުލުހުން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ، ޑޮލަރު ގަތުމުގެ މުއާމަލާތް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.