މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ހާސިލް ކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް (ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް) 19 ދަރިވަރަކު ހާސިލުކޮށްފިއެވެ.
މި ދަރިވަރުންނަށް މި ސްކޮލާޝިޕް ރައީސް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް ހާސިލު ކުރި 19 ދަރިވަރުންނަކީވެސް މާލޭގެ އެކި ސުކޫލުތަކަށް ނިސްބަތްވާ ދަރިވަރުންނެވެ. އެގޮތުން މި ސްކޮލާޝިޕް ހާސިލުކޮށްފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރެއްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއް އަދި އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރުންނެވެ.
ސްކޮލާޝިޕް ހާސިލު ކުރި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަ ދަރިވަރުންނަކީ:
-
ރަޔާން އަހުމަދު އަލީ
-
މައިހާ ހަސަން މުހައްމަދު
-
އަހުމަދު ޒާހު ވަދީފު
-
ތީބާ އަލީ ޝަފީއު
-
އައިޝަތު ލީސާ ސައީދު
-
އައިޝަތު ޖަނާން އަހުމަދު
ސްކޮލާޝިޕް ހާސިލު ކުރި ސީއެޗްއެސްއީގެ ހަ ދަރިވަރުންނަކީ:
- އަލި ސައުދާން ޝަހީން
- އަބްދުﷲ ޒަޔާން ޒުހުރީ
- ހަސަން ބަނީން ޝުރޫތް
- މުހައްމަދު ލޫތް އިބްރާހިމް ޒިޔާއު
- މުހައްމަދު އަބާން
- މުހައްމަދު ސާމިހް ޝަފީގް
ސްކޮލާޝިޕް ހާސިލު ކުރި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުންނަކީ:
- ލަޔާން މުހައްމަދު ރަޝީދު
- ރަޒާން އިބްރާހިމް ރަޝީދު
- އަބްދުﷲ ފިރުޒާން އަހުމަދު
- ޔުމްނު ޔަމާން އަލީ
ސްކޮލާޝިޕް ހާސިލު ކުރި އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރުންނަކީ:
- ހުސެއިން ވާއިލް މުހައްމަދު
- ފާތިމަތު އިމްޝާ އިބްރާހިމް
- އަބްދުލް މަތީން މުހައްމަދު
2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން 1407 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި ދަރިވަރުންގެ ތެރެއިން 19 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ ސްޓާ" ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ހާސިލުކޮށްފައެވެ. އަދި 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކޮށްފައެވެ.