ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި "ވެލްކަމް" މޮނިއުމެންޓެއް ހަދައިފިއެވެ.

މި މޮނިއުމަންޓް ހަދާފައިވަނީ ބްރިޖުން އެއާޕޯޓަށް ދިއުމަށް ދަތުރުކުރާ މަގުގެ މެދުގައި ހުންނަ ޕޮލިސް ޕޯޓް ކައިރީގައެވެ. މޮނިއުމެންޓުގައި ވީއައިއޭގެ ނަން ޖަހާފައިވާއިރު ވަގުތު އިނގޭނެހެން ގަޑިއެއް ވެސް ފެންނަން ހުރެއެވެ.

އެމްއޭސީއެލްއިން ބުނީ އެ މޮނިއުމެންޓްގައި ހަރުކޮށްފައިވާ އެލްއީޑީ ސްކްރީނުން އެއާޕޯޓްގައި މިހާރު ކުރިއަށްދާ ކަންތައްތަކުގެ ތަފްސީލް ފެންނަން ހުންނާނެ ކަމަށެވެ. އަދި މި މޮނިއުމެންޓުގެ ސަބަބުން އާ ޓާމިނަލްގެ ޑިޒައިން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވެލާނާ އެއާޕޯޓުގައި ވެލްކަމް މޮނިއުމެންޓް ހުޅުވަނީ

މީގެ އިތުރުންވެސް ފަސިންޖަރުންނަށް ފަސޭހަވާނެހެން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މޮނިއުމެންޓު ހުޅުވުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ މޮނިއުމެންޓް ހުޅުވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.