ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ހިމެނޭ ރާއްޖޭގެ 5 ޓްރެވެލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާނުކޮށްފިއެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. މި ކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ:
-
އޭވިއާ މޯލްޑިވްސް
-
މާގިރި ހޮޓެލް
-
ސްކައިޓުއަރސް މޯލްޑިވްސް
-
ވިލާ ޓްރެވަލްސް
-
މޯލްޑިވްސް ފްލައިޓް ސަޕޯޓް
އެއާސަވިސް ވޯލްޑް ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮސްގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިމަހު 10 އިން 11 އަށް ކުރިއަށް ދާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރި ވާނެއެވެ.
މި ކޮންފަރެސް ރާއްޖޭގައި ބޭއްވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން، ކުރުނބާ މޯލްޑިވްސް، ދިރާގު، ޓްރާންސް މޯލްޑިވިއަން އެއާވޭސް، އެމިރޭޓްސް އެއާލައިން، މޯލްޑިވިއަން އަދި ޓްރެވަލިއުޝަން މީޑިއާ އިން ވަނީ ބައިވެރިވެފައެވެ.
މި ކޮންގްރެސްގައި ބައިވެރިވާ އެންޑޯސްމަންޓް ޕާޓްނަރުން:
-
މިނިސްޓްރީ އޮފް ޓޫރިޒަމް
-
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
-
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
-
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
މި ކޮންގްރެެސްގެ އިތުރު އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝެރެޓަން މޯލްޑިވިސް އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައެވެ. މި އިވެންޓު ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ. އެހެންކަމުން މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.
މި ކޮންގްރެސްއާއި އެކު ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެކަމަށް މޯލްޑިވްސް އެއާ ޕޯޓްސް އިން ވަނީ ބުނެފައެވެ.