ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ގޮތަށް ނިންމުމަށް ރޭގެ ވަގުތެއްގައި ވިލިނގިލީ ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ވިލިނގިލީގައި ހިނގި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މި މާރާމާރީ ހިނގަން މެދުވެރިވީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.