ކުޅުދުއްފުށީ އިލާ ކްލިނިކުން ވައްކަންކުރި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެެވެ.

ފުލުހުން ބުނީ އިލާ ކްލިނިކުން ވައްކަން ކޮށްފައިވާ މައްސަލައާއި ގުޅިގެން އެ ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް ކުޅުދުއްފުށީ ފުލުހުން ކުރި މަސައްކަތުން މި މަހުގެ 24 ވަނަ ދުވަހު އެ ތަކެތި ހޯދިފައިވާކަމަށެވެ. އަދި މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނި މި މައްސަލައިގެ ތުހުމަތުގައި 26 އަހަރުގެ ދިވެހި ފިރިހަނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.