މޭލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މާލެ މޭޔަރު ކަމަށް އިންތިހާބު ކުރިއިރުވެސް އަމާޒަކަށްވީ ރައީސް މުއިއްޒު ފެއްޓެވި ކަންތައްތައް ކުރިއަށް ގެންދިއުން ކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކަށްވީ ރައީސް މުއިއްޒު ފެއްޓެވި މަސައްކަތްތައް، އެގޮތަށް ހަމަ ކުރިޔަށް ގެންދާނީ، އެއީ ހަމަ ކައުންސިލާއި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް އެ ހުންނަނީ. އެހެންވީމާ އަޅުގަނޑުމެން އޭތި އިމްޕްލިމަންޓް ކުރަމުންދާނީ." އާޒިމް ވިދާޅުވިއެވެ.
އަދި ވަކި ސަރުކާރަކުން ނުވަތަ ވަކި ބޭފުޅަކު ފެށި މަސައްކަތަކަށް ވުމުން އެ މަސައްކަތް ހުއްޓާލުމުގެ ސަގާފަތް ރާއްޖޭގައި ދޫކޮށްލާން ޖެހޭ ކަމަށާއި އެފަދައިން ކަންކަން ހުއްޓާލުމުން ރައްޔިތުންގެ ވަގުތާއި އެތައް ބައިވަރު ފައިސާތަކެއް ގެއްލިގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ހަމައެހެންމެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭކަން ފާހަގަކޮށް އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަލީ އާޒިމް އަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް ވަނީ މީގެ ކުރިންވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަަމަ އެހެންމެ ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގަންފައެވެ.
މީގެ ކުރިން މޭޔަރު ކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މާލޭ މޭޔަރ އާޒިމްގެ ހެޔޮވިސްނުންފުޅަށް ތަޢުރީފްކޮށް އެމަނިކުފާނަށް ޝުކުރް ދަންނަވަން. އަޅަމެން އެންމެނަންމެ ހެޔޮވިސްނުންދެއްވައި މަސައްކަތުގައި ބަރަކާތްލައވާށި. އާމީން !
މިއިޒު ފެއްޓެވި ގަސްޕްރޮގްރާމް ހުއްޓާލީކީއްވެގެންތޯ؟ ކާލިލެއް ބޮޑުކަމުން ބިރުފުލުހީވީތޯ.