އިރުމަތީ އޭޝިއާގެ ދަތުރުފުޅުގައި އުތުރު ކޮރެއާ އަށް ފަހު ޕުޓިން ވިއެޓްނާމަށް ވަޑައިގެންފިއެވެ.

ވިއެޓްނާމަކީ 1978 ގައި ކެމްބޯޑިއާ ހަނގުރާމައަށް ފަހު ދުނިޔެއިން އެކަހެރި ކޮށްފައި ވަނިކޮށް ރަޝިއާއިން އިންތިހާ އެހީތެރިން ފޯރުކޮށްދިނުމާއެކު ޒަމާންވީ ގުޅުމަކާއި ރަހުމަތްތެރިކަމެއް އޮންނަ ދެގައުމެވެ. ވިއެޓްނާމުގައި ރަޝިއާގެ ރިވޮލިއުޝަނަރީ ލީޑަރު ލެނިންގެ ބުދެއް މިހާރުވެސް ހުންނަ އިރު، އެއީ ސޯވިއެޓް ދުވަސްވަރު ދެގައުގެ ގުޅުން ރަމްޒުކޮށްދިނުމަށް ވެއިޓްނާމަށް ހަދިޔާ ކުރި ބުދެކެވެ.

ވިއެޓްނާމުގައި މިހާރުވެސް ބޭނުން ކުރާ އަސްކަރީ ގިނަ އާލާތްތަކަކީ ރަޝިއާގެ އުފެއްދުންތައް ކަމަށް ވާއިރު، ހުޅަނގާއި ޗައިނާ އަދި އެމެރިކާގެ ނުފޫޒާހުރެ ރަޝިއާ އާއި ވިއެޓްނާމާ ދެމެދު އޮންނަން ވީ ބަހި ގުޅުން ކުޑަވެފައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕުޓިން ވިއެޓްނާމަށް ވަޑައިގަތުމުން އެމެރިކާއިން ހިތްހަމަ ނުޖެހިފައި ވާ އިރު ބުނެފައި ވަނީ، އެއީ ރަޝިއާއިން ޔޫކްރައިނަށް ދޭ ހަމަލާތައް ޕްރޮމޯޓުކޮށް އިތުރު ފަރާތްތަކުގެ ތާއީދު އޮތްކަން ދެއްކުމަށް ކުރައްވާ ކަމެއް ކަމަށެވެ.

އިންޑޯ ޕެސިފިކްގައި ޗައިނާގެ ނުފޫޒު ގަދަވާ މައްސަލައިގައި އެމެރިކާއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ދަށުން ވިއެޓްނާމާ ގާތް ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުން ދާ އިރު ދާދިފަހުން އެމެރިކާގެ އޮފިޝަލުން ވަނީ ވިއެޓްނާމަށް ވަޑައިގެން އަސްކަރީ ގޮތުން އެގައުމަށް އެހީވެދޭނެ ޕްލޭންތަކެއް ވެސް ހުށަހަޅުއްވާފައެވެ. އަދި ޗައިނާއާ ފެއަށް ވިއެޓްނާމް ގެންދިޔުމުގެ އިސްތިރާޖީ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާ އިރު ޗައިނާއިން ދަނީ ވިއެޓްނާމާ ގުޅުން ބަދަހި ކުރުމަށް ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލަމުންނެވެ.

ވިއެޓްނާމުގެ ސިޔާސަތަކީ އެއްވެސް ގައުމަކާ ނުޖެހި ނަމަވެސް ހުޅަނގާއި އެމެރިކާގެ ރުހުންވެސް ހޯދައިގެން ކުރިއަށް ދިޔުމެވެ.

ޕުޓިންގެ ވެއިޓްނާމް ދަތުރުފުޅުގައި މަތީފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.