ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހީންނަށް ބާއްވާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ކުރިއަށް ދިޔަ މި ޕްރޮގްރާމާ ގުލޭ ގޮތުން މައުލޫމާތު ދެމުން ބުނީ، މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒު ކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތަކާއެކު ފޯރުކޮށްދެވޭ މައުލޫމާތު ސެޝަންތަކެއް ކަމަށެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދޭނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުން ކަމަސް އެ މިނިސްތްރީން ބުނެއެވެ.

މި ޕްރޮގްރާމެއް ހިންގުމުގެ މަޤުސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެ މަރުކަޒުގައި ހިދުމަތް ހޯދާ ފަރާތްތައް މުޖްތަމައުއަށް ނެރުމަށް އަހުލުވެރި ކުރުވުން ކަމަށާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގައި މައުލޫމާތު ދީފައި ވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންނެވެ. މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި މައުލޫމާތު ދީފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުހިއްމު ކަމަށެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ބައިވެރިވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.