ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮ ކުރުމާއެކު މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ނިންމާލައިފިއެވެ.
ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ. ގާތްގަނޑަކަށް 35 ދޯންޏާ އެކު ހުޅުމާލެ ކަންނެލި ޖެޓީން ފެށި މުޒާހަރާގެ ބައިވެރިން ވަނީ މާލެ ފަޅު ތެރެއަށް ވަދެ ވެސް މުޒާހަރާކޮށްފައެވެ.
އަދި އެ އިހުތިޖާޖު އިޖާބަދީ އިހުތިޖާޖު ކުރިއަށްދިޔަ ސަރަހައްދަށް ފިޝަރީޒް މިނިސްޓަރު ވަޑައިގެން މަސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ. އަދި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދެވޭ ކަމަށް މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މަޝްވަރާތަކަށްފަހު މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ޝެޑްތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާ ކަމަށެވެ.
އަދި މިކަން ކޮށްފައި ވަނީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ގުމުގެ މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށްޓަައިކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ޑީސަލުގެ އަގަށް ގެނައި ބަދަލު އެ މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.
ޑީސަލްގެ އަގު ހެޔޮ ކުރުމާއެކު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނީ ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމަށް ހުއްދަ ނުދޭނެ ކަމަށާއި އަދި އެއްގަމު ޝެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ކަމަށް ސަރުކާރާއި އެކު ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެހެން ކަމުން މުޒާހަރާ ނިންމާލާފައިވާ ކަމަށްވެސް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.