ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއިލާނުކޮށްފިއެވެ.

އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ޔޫރޯއާ ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް ލޯންޗްކޮށްފައި ވަނީ މިރޭ އުރޫދީ ހެޑް އޮފީސް ކައިރީގައި ބޭއްވި ފޯރިގަދަ އިވެންޓެއްގައެވެ.

1. ސޮނީ ލިވް ޕެކްސް

ޔޫރޯ 2024 އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން ތައާރަފުކޮށްފައިވާއިރު މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވޭނެ މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެ ކަމަށް ވެއެވެ.

2. އުރީދޫ ސުޕާއެޕުން ފުޓުބޯޅަ ފޯރި

a. ސްޕިން ދަ ވީލް

އުރީދޫގެ ސުޕާ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އިންތިޒާމު އުރީދޫއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެ އެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެ އެވެ.

b. ގެސް ދަ ސްކޯ

އުރީދޫ ސުޕާއެޕް މެދުވެރިކޮށް "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްދާނެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުރސަތު ހުޅުވާލެވޭނެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށައެޅިފައެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެ އެވެ.

އުރީދޫ ފުޓުބޯޅަ ފޯރި ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އުރީދޫ

3. އުރީދޫ ޔޫރޯ ފެންޓަސީ ލީގު

ފެންޓަސީ ލީގަކީ ފުޓުބޯޅަ އަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ މި ލީގުގައި ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެ އެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

4. އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ

"އުރީދޫ ނޭޝަން ވާޗުއަލް ޔޫރޯ" އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.

އުރީދޫ ފުޓުބޯޅަ ފޯރި ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދިނުމަށް ނިންމާފައިވާ ކަންތައްތަކެވެ. ޔޫރޯއާ ގުޅިގެން އުރީދޫއިން ތައާރަފުކުރެވޭ ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.