އުރީދޫ މޯލްޑިވްސް އިން "ރޯދަ ކުއިޒް"ގެ ނަމުގައި ރޯދަ މަހު ކުރިއަށް ގެންދިޔަ ކުއިޒްގެ އެއްވަނަ އަށް ފަޒީލާ މުހައްމަދަށް ލިބިއްޖެއެވެ.

އެއާއެކު އުރީދޫ އިން ވަނީ ފަޒީލާއަށް ގިބްލަ އެމްވީގެ އުމްރާ ދަތުރެއް ދީފައެވެ.

ޕީސް ފައުންޑޭޝަންއާ ގުޅިގެން ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައިވެސް އުރީދޫ އިން ވަނީ މި ކުއިޒް ބާއްވާފައެވެ. ކުއިޒްގެ ސުވާލުތަކުގެ ޖަވާބު ދިމާ ކޮށްގެން ބައިވަރު އިނާމުތަކެއްވެސް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ މެދުން ހޮވާ ބައިވެރިއަކަށް އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ފިޓް 2، ގަޑިއެއް ވަނީ ދީފައެވެ. މީގެ އިތުރުންވެސް ކުއިޒްގެ އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާ ކުރާ ފަރާތަކަށް ބޮޑު އިނާމެއްގެ ގޮތުގައި އައިފޯން 14 ޕްރޯއެއްވެސް ވަނީ ދީފައެވެ.

އުރީދޫ އިން ދަނީ ކޮންމެެ އަހަރަކުވެސް ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ.