މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައޫދީ އަރަބިއްޔާ އަށް ފެނުމުން، މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުން ކަނޑައަޅައިފިއެވެ.

'އެކްސް'ގައި ހަރަމައިން އިން ކުރި ޕޯސްޓެއްގައި ވަނީ އެކަން އިއުލާނުކޮށްފައެވެ.

މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީން ކަނޑައެޅުމުން، ރާއްޖެ ކަލަންޑަރަށް ވުރެ ދުވަހެއް ކުރިއަށް ސައޫދީން ވަނީ ޖެހިލައިފައެވެ. އެގޮތުން:

  • މާދަމާ އަކީ ސައޫދީ އަށް ހައްޖު މަހުގެ ފުރަތަމަ ދުވަސް
  • އަންނަ ހަފުތާގެ ހޮނިހިރު ދުވަހަކީ ޢަރަފާތު ދުވަސް
  • 15 ވަނަ ދުވަހަކީ ބޮޑު އީދު ދުވަސް

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ނަމަ، މާދަމާއަކީ ޛުލްޤައިދާ މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން ދިވެހި ކަލަންޑަރުގައިވާ ގޮތުން ރާއްޖެއަށް ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި ހަފުތާގެ ހޮނިހިރު ދުވަހެވެ. އަދި މި މަހުގެ 16 ވަނަ ދުވަސް ޢަރަފާތު ދުވަހަށް ވެފައި، 17 ވަނަ ދުވަހަކީ ބޮޑު އީދު ދުވަހެވެ.