ފުވައްމުލައް ސިޓީގައި، ޑައިވީނަށް ދިޔަ ޗައިނާ ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވީ އުމުރުން 70 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

ފުލުހުން ބުނީ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވީނަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމުމަށްފަހު، ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ފުވައްމުލައް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 11:26 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަަމަށް ފުލުހުން ވަނީ ބުނެފައެވެ.