ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު "ކަމަނާ" ގެ ޓައިޓަލް އާންމުކޮށް ފިލްމު އަޅުވާ ތާރީޚު އިއުލާންކޮށްފިއެވެ.

ހުސައިން މުނައްވަރު ޑައިރެކްޓްކޮށް މަހުދީ އަހުމަދުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ކޮރިއޯގްރަފަރީ ހެދީ ރަވީ ފާރޫގެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް ބަތަލާ މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އާމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، ނަތާޝާ ޖަލީލު އަދި މުހައްމަދު ރަޝީދު (ދަރާ) ހަރަކާތްތެރިވާނެއެވެ. ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައިނުވި ނަމަވެސް މި ފިލްމު އޮލިމްޕަސް ސްކްރީނަށް އަންނާނީ އަންނަ އޮގަސްޓްމަހުގެ 27 ވަނަ ދުވަހުއެވެ.

https://youtu.be/jFoETWKEVIA

މިދިޔަ އަހަރު ސްކްރީނުގައި އެޅުވި ފިލްމު "ލޯބިވެވިއްޖެ" އަށްފަހު އައްޒަ މިއަހަރު ފެނިގެންދާ ފުރަތަމަ ފީޗާ ފިލްމު "ކަމަނާ" އަކީ ހުރިހާ ގޮތަކުންވެސް ތަފާތު ވާނެ ފިލްމެކެވެ. މި ފިލްމުގައި ހިތްގައިމު ލަވަތަކެއް ހިމަނާފައިވާއިރު އެ ލަވަތައް ކިޔައިދީފައިވަނީ މަރިޔަމް އަޝްފާ، ރާފިޔަތު ރަމީޒު އަދި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.