އުރީދޫ މޯލްޑިވްސްގެ އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑަބޯޑުގެ އެއްވަނައަށް ޏ. ފުވައްމުލަށް، އިނާން ހޮވިއްޖެއެވެ.

މިއާއެކު އުރީދޫ އިން ވަނީ ސީގިއާގެ ފަރާތުން އިންސްޓަ 360 ކެމެރާ އިނާން އަށް ދީފައެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ. އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނާ އަކީ ސީގިއާ އެވެ. މިޕާޓްނަޝިޕުގެ ދަށުން އުރީދޫއާ ގުޅިގެން އޭޕްރީލް މަހު ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އިންސްޓަ360 ކެމެރާއެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.