ދެކުނު ފެސިފިކްގެ ރަށެއް ކަމަށް ވާ ޕަޕުއާ ނިއުގިނީގައި އާންމުން ދިރިއުޅޭ ސަރަހައްދެއްގެ ފަރުބަދައެއް ކަނޑައިގެންގޮސް ފޭބި ވެއްޔާއި ގާތަކުގެ ދަށުގެ 670 މީހަކު މަރުވެއްޖެއެވެ.
އދ ގެ އިދާރާއެއް ކަމަށާއި އިންޓަނެޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން ބުނީ، ކުރިން އަންދާޒާ ކުރެވުނު ވަރަށް ވުރެ ގިނަ ބަޔަކު މަރުވެފައި ވާކަން މިހާރު އެނގިފައި ވާ ކަމަށާއި ހާދިސާ ހިނގި ސަރަހައްދަކީ ގާތްގަނޑަކަށް 4000 އެއްހާ މީހުންގެ އާބާދީއެއް އޮތް ސަރަހައްދެއް ކަމަށެވެ. މިހާދިސާގައި ގެއްލުންތައް ލިބުނު ގެ [ޖިފުޓި] ތަކުގެ އަދަދު 250 އަށް އަރާކަމަށް ވެސް އިދާރާއިން ބުނެއެވެ.
އޮފިޝަލުން ބުނީ، ފަރުބަދަ ކަނޑައިގެން ވެލިތަކާއި ގާތައް ފައިބާފައިވާ އިރު ފަރުބަދަ މަތިން ފައިބައިގެން އަންނަ ފެންގަނޑުވެސް އެއާއެކު ވެ ވެލިގަނޑު ހަރުވުމުގެ ފުރުސަތު ބޮޑުކަމުން ވަޅުލެވިފައިވާ މީހުންގެ ތެރެއިން ދިރިދިއްބާ މީހަކު ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އަދިވެސް ކުރަމުން ދާ އިރު ޒަހަމްތަކާއެކު ތިބި ބައެއް މީހުން ސަލާމަތް ކުރެވިފައި ވާ ކަމަށް ބުނެއެވެ. އަދިވެސް ފަރުބަދައިގެ ވެލިގަނޑު ފައިބެ މުޅިން ހަމަނުޖެހޭތީ އެ ސަރަހައްދުން މީހުން ދުރައް ޖައްސާ ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ވެސް އޮފިޝަލުން ގެންދަނީ ކުރަމުންނެވެ.
އޮފިޝަލުން ބުނާގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދަތުރު ކުރަން އޮންނަ މައި މަގުވެސް ވަނީ މިހާދިސާގައި ބަންދުވެފައެވެ. އެހެންކަމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ވާކަމަށް ބުނެއެވެ.
ފަރުބަދަ ކަނޑައިގެން ފޭބި ވެލިިތަކާއެކު އާދައިގެ ކާރު ސައިޒުގެ ބޮޑެތި ހިލަގަންގަނޑު ކަނޑައިގެން ވެއްޓުމު ކަމަށް މަންޒަރު ދުއްމީހުންނާ ހަވާލާދީ ހަބަރުތަކުން ބުނެއެވެ.
ޕަޕުއާ ނިއުގިނީ އަކީ ގުދުރަތީ މުއްސަނދިކަން އޮގް ގައުމެއް ނަމަވެސް ކުށުގެ ރެކޯޑް އިތުރު ގައުމެއް ކަމުން ދާހިލީ މައްސަލަތަކާއެކު އެތައްބަޔަކު ރަށްބޭރު ދުރުހިސާބުތަކުގައި [ފަރުބަދަތަކުގެ ތެރޭގައި] ވިލެޖްތައް ހަދައިގެން ދިރިއުޅެމުން ގެންދެއެވެ.