މަސްވެރިންނަށް މި ސަރުކާރުން ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ގެ ނިޔަލަށް ދޭން ޖެހޭ ފައިސާ ދީފައި ކަމަށާއި އެއަށް ފަހު މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 61 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދާ ހިސާބަށް 61 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބައޮތް ކަމަށާއި، 22 އެޕްރީލްގައި އެންމެ ފަހުން މަސްވެރިން ފައިސާ ދީފައިވާ އިރު، އެހިސާބަށް މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

މަސްވެރިންނަށް މި ސަރުކާރުން 881 މިލިއަން ރުފިޔާ ދޫކުރި އިރު، މަސް ނިމޭއިރު މިފްކޯއަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ޝިޔާމް ވިދާލުވިއެވެ. އުއްމީދު ކުރަނީ މި ފައިސާ ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ހަލާސް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އޮތެވެ. މި އަދަު އިތުރުވެފައި ވަނީ ނިމިދިޔަ ރީޔާސީ އިންތޔިހޞާުގެ ތެރޭގައި މަހުގެ އަގަށް ގެނައި ބަދަލާ އެކުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ގޮތުން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަހުގެ އަގު ވަނީ 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ސަރުކާރުން އަންނަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫކޮށް ހަލާސް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.