މާލޭގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާންމު ގޮތެއްގައި މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރެވޭ ވަގުތާއި، ދެ ފަރާތުގެ މައުލޫމާތު ފުލުހުންގެ މީޑިއާ އިން ހިއްސާކުރެއެވެ.

އެކަމަކު މިރޭ ފޮނުވި ކުރު މެސެޖެއްގައި ފުލުހުން ބުނީ، މާފަންނު އަވަށުގައި ހުންނަ ގެސްޓްހައުސެއްގައި ނޭޕާލްގެ ރައްޔިތަކު ބަންދުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބުމުން، ފުލުހުން އެ މީހާ ހޯދާފައިވާ ކަމަށާއި، އެ ގެސްޓްހައުސްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރަހީނުކުރި މީހަކީ ފިރިހެނެއެވެ. ނަމަވެސް މައްސަލަ އާ ގުޅުގެން ބަންގްލަދޭޝް ގެ 2 ފިރިހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ދަޅަދައްކައިގެން ގެންގޮސް ފޭރެމުންދާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. ފުލުހުން ވަނީ ކާކުކަން ނޭނގޭ މީހުން އެ ގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.