އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމަށެވެ.

ފުލުހުން ގެންގުޅޭ އާންމު އުސޫލުގެ ދަށުން، އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއެވެ.