މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި މޮޑެލް ހެއިލީ ބީބާ އަށް އަލަތު ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

ހެއިލީ އާއި ޖަސްޓިންގެ އިންސްޓަގްރާމަށްކުރި ޕޯސްޓެއްގައި ބުނީ ހެއިލީ އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށެވެ. އިންސްޓަގްރާމުގައި އެ ހިއްސާކުރި ވީޑިއޯގައި ވަނީ ދަރިފުޅުގެ ސްކޭންވެސް ދައްކާލާފައެވެ. ހެއިލީ ބަލިވެއިންކަން ހާމަކުރުމާއެކު ގިނަ ފޭނުންނެއް އޭނާއަށް މަރުހަބާ ކިޔަމުން އަންނައިރު ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ހެއިލީ ވިހާނީ އޮގަސްޓް ފަހުކޮޅު ނޫނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުކަމަށެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ދަރިފުޅަށް ކިޔާ ނަމެއް ފައިނަލްކުރުމުގައި ދެމީހުން އުޅޭއިރު ދެމީހުން އަންނަނީ ބޭބީގެ ނާސަރީ އަށް ބޭނުންވާ އެއްޗެހި ހޯދާ ތައްޔާރުކުރުމުގައި ކަމަށެވެ.

މަޝްހޫރު ގިނަ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޖަސްޓިން ކައިވެނިކޮށްގެން އުޅޭނީ މޮޑެލް ހެއިލީ ބީބާ އާއެވެ. އެދެމީހުން ކައިވެނިކުރީ 2018 ވަނަ އަަހަރުއެވެ. އުމުރުން އެންމެ 16 އަހަރުގައި ސެލީނާ ގޯމޭޒް ފީޗާ ކުރި "ބޭބީ" ލަވައިން ބޮޑު މަގްބޫލު ކަމެއް ހޯދި ޖަސްޓިން ވަނީ މިހާތަނަށް ހަ އަލްބަމް ނެރެފައެވެ. ޖަސްޓިން ވަނީ މީގެ ކުރިން ލަވަކިޔުންތެރިޔާ ސެލީނާ އާއެކު ވަރަށް ސީރިއަސް ގުޅުމެއް ބާއްވާފައެވެ.