އިންޑިއާގައި މިހާރު ކުރިއަށް ދާ އާންމު އިންތިހާބުގައި 160 މީހަކު ވޯޓުލާން 4500 ފޫޓު މަތީގައި ހެދި ވޯޓުލައި މަރުކަޒުގައި ވޯޓުލުން ބާއްވައިފިއެވެ.

މަހާރާޝްތްރަ ބަރާމަތީ ދާއިރާގެ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން ފަރުބަދަމަތީގައި އުޅޭ 160 އެއްހާ މީހުން ވޯޓުލާ މަރުކަޒު ހަދާފައި ހުރީ ރައިރެޝްވާރު ފޯޓުގައެވެ. މިއީ ހަމަ ބިމުން ފެށިގެން 4991 ފޫޓު މައްޗެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުން ޕޫނޭއިން 30 ކިލޯމިޓަރުގެ ދަތުރެއް ކޮށްފައި ގޮސް ފައިމަގުގައި ގަޑިއެއްހާ އިރު ހިނގައި ގޮސް ދަނގަޑު ހަރުގަނޑަކުން އަރަމުން އަރަމުންގޮސް ވޯޓުލާ މަރުކަޒަށް ދިޔައީ އެ ސަރަހައްދުގައި ދިރިއުޅޭ 160 މީހެއްގެ ވޯޓު ނަގާށެވެ.

ކޮންމެ އޮފިޝަލެއްގެ ކޮނޑިގައި ދަބަހެއް އަޅުވާލައިގެން ކަތިބޮޑުކޮށް ހުރި ހަރުގަނޑުން އަރަމުން ދާ މަންޒަރު ފެންނަ ވީޑިއޯ އާންމު ކޮށްފައި ވާ އިރު، ހީވަނީ އާންމުކޮށް ސައިޓް ސީން ތަކަށް ގޮސް އުޅޭ ދަތުރުވެރިން އެފަދަ ތަންތަނަށް އަރާ ފައިބާހެނެވެ.

ވޯޓު ނަގާ އޮފިޝަލުން ވޯޓު ކަރުދާހާއި އިލެކްޓްރޯނިކް މެޝިން ގެންދިޔައީ ބެކްޕެކަށް ލައިގެން ގޮނޑުގައި އަޅައިގެންނެވެ.

ހަބަރުތައް ބުނާގޮތުން ރައިރެޝްވާރު ވޯޓުލާ މަރުކަޒަކީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 6 ގޮނޑިއެއް ތަމްސީލު ކުރާ ބަރަމަތީ ދާއިރާގައި ހިމެނޭ އިންދާޕޫރު، ބަރާމަތީ، ޕުރަންދާރު، ބޯރު، ކަދާކްވަސްލާ އަދި ދައޫންދު ތަމްސީލު ކުރާ ގޮނޑިއަށް ވޯޓުލެވޭ މީހުން ތިބި ތަނެކެވެ.

6 ހަފްތާއަށް ދެމިގެންދާ އިންޑިއާގެ ވޯޓުގެ 3 ވަނަ ހަފްތާ ހިނގަމުން ދާ އިރު 11 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީތަކުން މިހާތަނަށް 64 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ. މިހާތަނަށް އެއް ސަރަހައްދަކުން އެންމެ ގިނަ ބަޔަކު ވޯޓުލާފައި ވަނީ އާސާމް އިންނެވެ. އެތަނުން 75 ޕަސެންޓް މީހުން ވޯޓުލާފައި ވާ އިރު އެންމެ މަދުން ވޯޓުލާން ނިކުތީ މަހާރާޝްތްރަ އިންނެވެ. އެތަނުން ނިކުތީ 53.95 ޕަސެންޓް މީހުންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގެ އާއި ތިރި ގެ އޮންނަ އިރު މަހާރާޝްތްރަ އަކީ ތިރި ގެ ]ލޮކް ޝަބާ] ގެ 48 ގޮނޑި ތަމްސީލު ކުރާ ބޮޑު ސްޓޭޓެކެވެ.