އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދު ލޮކޭޓް ކޮށް އެ ސަރަހައްދަށް ރެސްކިއު ޓީމް ދަތުރު ފަށައިފިއެވެ.

އިރާންގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ގައުމުގެ ރައީސް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ޖީޕީއެސް މެދުވެރިކޮށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދަށް ރެސްކިއު ހެލިކަޕްޓާރާއި އެމްބިއުލާންސް ދަތުރު ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ، އަޒަރުބައިޖާނަށް ރައީސީ ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލްހާން އާއި ތަބްރީޒް މިސްކިތުގެ އިމާމު އާޔަތުﷲ އަލްހަޝީމީ އާއި އަޒަރުބައިޖާންގެ ގަވަރުނަރު މަލަކް ރަހްމަތީ އިންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދަތުރުގައި ތިން ހެލިކަޕްޓަރު ދަތުރުކޮށްފައިވާ އިރު ދެ އުޅަނދު ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލުވެފައިވާ ކަމަށް އިރާންގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ. ސަލާމަތުން އެނބުރި ދިޔަ އެހެން ހެލިކޮޕްޓަރުތަކުގައި އެނާޖީ މިނިސްޓަރު އަލީ އަކްބަރު މެހްރަބިއަން އާއި ހައުސިން އެންޑް ޓްރާންސްޕޯޓޭޝަން މިނިސްޓަރު މެހްރްދާދު ބަޒްރުޕާޝް ތިއްބެވި ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.